ގައްދޫން ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލުނު ޒަކަރިއްޔާގެ ހަށިގަނޑު މިއަދު ފެނިއްޖެއެވެ. ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައި މިވަނީ އޭނާ ގެއްލުނުތާ 3 ދުވަސް ފަހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައިވަނީ ގައްދޫ ކައިރީގައި އޮންނަ ގަމުގެ ފުއްޓަރު ފަރާތު ހޭޅިފަށު މޫދުންނެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ، މިއަދު ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ޑިންގީތަކުގެ ތެރެއިން އެއް ޑިންގީއަކަށެވެ.
ހަށިގަނޑު ފެނުނު ކަމުގެ މައުލޫމާތު ލިބުމާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޓީމެއް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. ފުލުހުންގެ ޓީމުން މިހާރު ދަނީ މި މައްސަލައިގެ ތަހުގީގު މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
ޒަކަރިއްޔާ ގެއްލުނީ 3 ދުވަސް ކުރިން ގައްދޫން ކަނޑަށް ނުކުމެ އުޅެނިކޮށެވެ. އޭގެ ފަހުން އޭނާ ފެނިފައި ނުވާތީ، ސަރަހައްދުގެ އެކި ފަރާތްތަކުން ހޯދުމުގެ މަސައްކަތް ވަނީ ކުކޮށްފައެވެ.


