Tuesday, 28 July 2026

ހުޅުމާލޭ ފްލެޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭ އެޕާޓްމަންޓްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފޭސް 1 ގެ 94 ވަނަ ފްލެޓްގެ 2 ވަނަ ފަންގިފިލާގެ 3 ވަނަ އެޕާޓްމަންޓުގައި ރޮވި މި އަލިފާންގަނޑު މިހާރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ކޮންޓްރޯލްކޮށްފައެވެ.

މި ހާދިސާ ހިނގި އެޕާޓްމަންޓަކީ 11 ބިދޭސީން ދިރިއުޅެމުން އަންނަ ތަނެއް ކަމަށްވާއިރު، އަލިފާނުގެ ސަބަބުން އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ދުމުގެ އަސަރު އެޕާޓްމަންޓަށް ކޮށްފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބުނިގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޓީމުތައް ވަގުތުން ހާދިސާ ހިނގި ސަރަހައްދަށް ގޮސް އަވަސް ފިޔަވަޅުތަކެއް އަޅައި، އަލިފާން ވަނީ ނިއްވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *