Tuesday, 28 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުޅުމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލަިފިއެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި މި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ އެންމެ 10 މެންބަރުންނެވެ. އަދި މައްސަލަ ބަލައިނުގަތުމަށް 37 މެންބަރުން ވޯޓުދެއްވިއެވެ.

މަހަކު އެވްރެޖްކޮށް 15،000 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާ އަދި 330 އަށްވުރެ ގިނަ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭ ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކާމެދު އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް އަންނަކަމަށް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި 24 ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުމާއި، މެޑިކަލް އޮފިސަރުންގެ ދަތިކަން ހުރިކަމަށް ވެސް ބުނެފައިވެއެވެ.

އިއްޔެ ވެސް ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް ޚިދުމަތްތަކަށް ބުރޫ އަރާފައިވާއިރު، މީގެ ދެ ހަފްތާ ކުރިން ވެސް ކަރަންޓު މައްސަލައެއް ދިމާވެ، އޯޕީޑީގެ ޚިދުމަތް ވަގުތީގޮތުން އެހެން ތަނަކަށް ބަދަލުކުރަން ޖެހުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *