Tuesday, 28 July 2026

ވީއައިއޭގެ އާ ޓަރމިނަލްގެ މަސައްކަތް މިނިސްޓަރު ޠާރިޤް ބައްލަވައިލައްވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި އިމާރާތްކުރަމުންދާ އާ ޓަރމިނަލްގެ މަސައްކަތް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް މިއަދު ބައްލަވައިލައްވައިފިއެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ މި ޓަރމިނަލަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓްގެ ދަށުން ގަސް އިންދުމުގެ ޚާއްސަ ރަސްމިއްޔާތެއްވެސް ބޭއްވިއެވެ.

މިނިސްޓަރ ޠާރިޤްގެ މި ޒިޔާރަތުގައި، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ތަރައްޤީކުރަމުންދާ އާ ޓަރމިނަލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބައްލަވައިލެއްވިއެވެ. އަދި ޓަރމިނަލްގެ އެތެރޭގެ އިންތިޒާމްތަކާއި، މުސްތަޤުބަލުގައި ފޯރުކޮށްދެވޭނެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ހޯއްދެވިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ބުނިގޮތުގައި މި ޒިޔާރަތުގައި މިނިސްޓަރ ޠާރިޤް ވަނީ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ގަހެއް އިންދަވައިދެއްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *