Tuesday, 28 July 2026

ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް ޢަމަލެއް ނުކުރާނަން: އެމްއޭސީއެލް

އިޒްރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާ މުޢާމަލާތެއް ނުކުރާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަން ހަވާލުކޮށްފައިވާ ކުންފުންޏަކީ އިޒްރޭލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ބުނެ ރާއްޖެޓީވީން ދައުރުކުރަމުންދާ ވީޑިއޯއަކާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެކެވެ.

އެމްއޭސީއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެއީ ސައްތައިން ސައްތަ ދިވެހި ކުންފުންޏެއް ކަމަށާއި، ދިވެހިންގެ ވިންދާ ނުގުޅޭ އެއްވެސް ޢަމަލެއް އެ ކުންފުނިން ކޮށްފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާފައިވެއެވެ.

ރާއްޖެޓީވީން ފަތުރަމުންދާ މަޢުލޫމާތަކީ ހަގީގަތާ ޚިލާފު، އަދި ކުންފުނީގެ އަގު ވައްޓާލުމަށް ދައުރުކުރަމުންދާ ވާހަކަތަކެއް ކަމަށް ބުނެ، އެމްއޭސީއެލްއިން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މި މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *