Tuesday, 28 July 2026

ތިނަދޫ ފެރީ ޓާމިނަލްގައި ލޯންޗެއް ޖެހި 4 މީހަކަށް އަނިޔާވެއްޖެ

ތިނަދޫ ސިޓީގެ ފެރީ ޓާމިނަލްއަށް ކައިރިކުރަމުން ދިޔަ ލޯންޗެއް ކޮންޓްރޯލް ނުވެ ޖެޓީގައި ޖެހި، މިއަދު މެންދުރު ފަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު މެންދުރު 13:50 ގައި ހިނގި މި އެކްސިޑެންޓްގެ ވަގުތު ލޯންޗުގައި ތިބީ 3 އަންހެނުންނާއި، އެއް އަހަރުގެ ކުޑަކުއްޖަކާއި، ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިޔާ ހިމެނޭ ގޮތަށް 6 މީހުންނެވެ. އެކްސިޑެންޓްގައި އަނިޔާވި 4 މީހުންގެ ތެރޭގައި ހިމެނެނީ 50 އަހަރުގެ ކެޕްޓަނާއި، 29 އަހަރުގެ ފަޅުވެރިޔާގެ އިތުރުން 25 އަހަރާއި 28 އަހަރުގެ ދެ އަންހެނުންނެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް މިހާރު ވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *