Tuesday, 28 July 2026

ހަނިމާދޫ އެއާޕޯޓު ވިއްކާލަން އުޅޭކަމުގެ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު ދޮގުކުރައްވައިފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭ ކަމަށް ބުނާ ވާހަކަތަކާއި، އެކަމުގެ މަޝްވަރާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތަކީ "ބުހުތާނު ދޮގެއް" ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު ތަރައްގީ ކުރަމުން އަންނަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި، އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް އިންނެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރެވުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ވަނަ ދުވަހު ކަމަށާއި، އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރެވެމުންދާ މި އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *