މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބަންގްލަދޭޝްގެ ފިރިހެނަކު މިއަދު ހެނދުނު ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ މިއަދު ހެނދުނު 6:00 ހާއިރު، މީހަކު ހުއްދަނޫން ގޮތެއްގައި ބަންދުކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެންނެވެ.
އަދި އެ މީހާ ބަންދުކޮށްފައި ހުރި ގެއަށް ވަދެވޭނެ އެހެން ގޮތެއް ނެތުމުން، ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެ މީހާ ސަލާމަތްކޮށް، އޭނާގެ ސިއްހީ ހާލަތު ބެލުމަށް އައިޖީއެމްއެޗަށް ގެންންދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، ސަލާމަތްކުރެވުނު މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވެއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނި ނަމަވެސް، އިތުރު އެއްވެސް ތަފުސީލެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.


