Tuesday, 28 July 2026

އިންޑިއާގެ ހައިކޮމިޝަނަރާއި މިނިސްޓަރ އާދަމް ޝަރީފް ބައްދަލުކުރައްވައިފި

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އިންޑިއާގެ ތަޖުރިބާއިން މަޝްވަރާކުރުމަށް، އިންޑިއާގެ ހައިކޮމިޝަނަރ އެޗް.އީ ޝްރީ ޖީ. ބަލަސުބްރަމަނިއަން އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މިނިސްޓަރ އާދަމް ޝަރީފް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ ޕަންޗާޔަތީ ރާޖް ނިޒާމުން ފެށިގެން ސްމާޓް ސިޓީތަކާ ހަމައަށް، އެ ޤައުމުގެ ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ލޯކަލް ގަވަރނަންސް ދާއިރާގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމަށް އެއްބަސްވެވުނެވެ.

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ ވަރަށް އުފެއްދުންތެރި އަދި މުހިންމު ބައްދަލުކުރެއްވުމެއް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އިންޑިއާގެ ތަޖުރިބާއިން އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ.

ދެ ފަރާތުން އެއްބަސްވެވުނު ކަންތައްތަކުގެ ތެރޭގައި، ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، އިންޑިއާއަށް ދަތުރުތައް ކުރުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އިންޑިއާގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެއްބަސްވެވުނެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮންނަ ޤައުމުކަމަށްވެފައި، އެ ޤައުމުގެ ލާމަރުކަޒީ ނިޒާމަކީ ވަރަށް ކާމިޔާބު ނިޒާމެއްކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *