Tuesday, 28 July 2026

ޖޫން މަހު ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތައް މަދު

މިއަހަރުގެ ޖޫން މަހު ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތައް މެއި މަހާ އަޅާބަލާއިރު މަދުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި  މެއި މަހު 334 ވައްކަމުގެ މައްސަލަ ހުށަހެޅުނު އިރު، ޖޫން މަހު ހުށަހެޅިފައިވަނީ 288 މައްސަލައެވެ. އަދި ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތައްވެސް މެއި މަހު ހުށަހެޅުނު 272 މައްސަލައިން ޖޫން މަހު 255 އަށް ދަށްވެފައިވެއެވެ.

ޖޫން މަހު ފުލުހުންނަށް ހުށަހެޅުނު އެހެނިހެން މައްސަލަތަކުގެ ތެރޭގައި 40 މުދަލަށް ގެއްލުން ދިނުމުގެ މައްސަލައާއި، 34 މަކަރާއި ހީލަތުގެ މައްސަލަ، 20 ޖިންސީ ފުރައްސާރައިގެ މައްސަލަ، 45 މާރާމާރީގެ މައްސަލަ، 22 ގެވެށި އަނިޔާގެ މައްސަލަ، 21 ވައްކަމުގެ މައްސަލަ، 8 ފޯޖަރީގެ މައްސަލަ އަދި 162 މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަ ހިމެނެއެވެ.

މީގެއިތުރުން، ޖޫން މަހު ޖުމްލަ 67 މުދަލަށް ގެއްލުން ދިނުމުގެ މައްސަލަ ރިޕޯޓުކުރެވިފައިވާ އިރު، މި މަހު އެކި ބާވަތުގެ ޖުމްލަ 961 މައްސަލައެއް ފުލުހުންނަށް ހުށަޅާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *