Tuesday, 28 July 2026

ރާއްޖޭގެ ފުރަތަމަ ފަހަރަށް ޑައިބެޓީސް އެންޑް މެޓަބޮލިކް ޑިސްއޯޑާސް ސެންޓަރެއް ހުޅުވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑައިބެޓީސް އެންޑް މެޓަބޮލިކް ޑިސްއޯޑާސް ސެންޓަރެއް މިއަދު ހުޅުވައިފިއެވެ. މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

މި ސެންޓަރަކީ ރާއްޖޭގައި މިފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޚާއްސަކުރެވިގެން ހުޅުވުނު ފުރަތަމަ ސެންޓަރެވެ. މި ސެންޓަރުން ހައިޕާޓެންޝަން، އޮބެސިޓީ، ޑައިބެޓީސް، ޕީސީއޯއެސް އަދި ޑިސްލިޕިޑެމިއާ ފަދަ މެޓަބޮލިކް ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަ ލެބޯޓްރީއަކާއި ޒަމާނީ ޑައިގްނޯސްޓިކް އިކުއިޕްމަންޓްތައް ޤާއިމުކޮށްފައިވެއެވެ.

ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮންޓިނިއުއަސް ގްލޫކޯޒް މޮނިޓާސް ސިސްޓަމްސް (ސީޖީއެމްއެސް) ވަނީ ތަޢާރަފުކޮށްފައެވެ. މި ސިސްޓަމަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ވަގުތުން ދައްކައިދޭ، އަދި އެއާ އެއްގޮތަށް ބޭސްފަރުވާ ކަނޑައެޅުމަށް ޑޮކްޓަރުންނަށް އެހީތެރިވެދޭ އެންމެ ޒަމާނީ ވަސީލަތެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި އެންޑޮކްރިނޮލޮޖިސްޓް ޑރ. މުހައްމަދު ވިޝާމް ވަނީ ޑައިބެޓީސް އެންޑް މެޓަބޮލިކް ޑިސްއޯޑާސް ޕޭޝަންޓް އެޑިއުކޭޝަން ގައިޑެއް ތަޢާރަފުކޮށްފައެވެ. މި ފޮތަކީ ރާއްޖޭގައި އާންމުކޮށް ފެންނަ މެޓަބޮލިކް ބަލިތަކާ ބެހޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ދެވަނަ ފޮތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *