Tuesday, 28 July 2026

ބްރޯޑްކޮމްގެ މެންބަރުކަމަށް ޒަމްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމަށް އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޒަމްއަތު އަހުމަދު ވަހީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭއްވުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުން ވެސް ވަނީ ޒަމްއަތު އައްޔަންކުރެއްވުމަށް ތާއީދުކުރައްވައި ވޯޓު ދެއްވާފައެވެ. އެއްވެސް މެންބަރަކު އިދިކޮޅަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ޒަމްއަތު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަންފުޅު ހުށަހެޅުއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ އިތުރު ފަސް ބޭފުޅުންގެ ނަންފުޅާ އެކުގައެވެ.

ދިވެހިރާއްޖޭގެ އަޑުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ޒަމްއަތަކީ މީޑިއާ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *