Tuesday, 28 July 2026

ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޔާވެއްޖެ

ފުވައްމުލަކުގައި ރޭ ހިނގި މާރާމާރީއެއްގައި 18 އަހަރުގެ ޒުވާނަކަށް ލިބުނު އަނިޔާވެއްޖެ އެވެ.

މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ ރޭގަނޑު 8:54 ހާއިރު ކަމަށެވެ.

އަނިޔާ ލިބުނު ޒުވާނާގެ ހަށިގަނޑުގައި ހުރި އަނިޔާތަކުގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސްފައިވުމާއި، ކަނާތު ފަރާތު ކޯމަތި ދުޅަވެފައިވުމާއެކު، އެހެނިހެން ކުދިކުދި އަނިޔާތައް ހިމެނެއެވެ.

މި ޒުވާނާ މިހާރު ވަނީ އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ފޮނުވާލާފާއެވެ.

މި ހާދިސާގެ ތަހުގީގު ކުރަމުންދާ ކަމަށާއި، ނަމަވެސް މިވަގުތާ ހަމައަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *