Tuesday, 28 July 2026

ރައީސް މުއިއްޒު، ސައުދީގެ ޕްރިންސް އާއި ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ކުރިއެރުމަށް ސައުދީ އަރަބިއްޔާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމާމެދު ރައީސް މުހައްމަދު މުއިއްޒު އިއްޔެ ޝުކުރުއަދާކުރައްވައިފި އެވެ. މިކަން ފާހަގަކުރެއްވީ ސައުދީ ރަސްގެފާނުގެ ޚާއްސަ ދަޢުވަތަކަށް ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގައި، އެ ޤައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ފާހަގަކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި، ހައްޖުވެރިންނަށް ދެވުނު މެހެމާންދާރީއާއި، މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ބައިވެރިވުމުގެ ސަބަބުން ދިވެހި ހައްޖުވެރިންނަށް ލިބުނު ފަސޭހަތަކާއި، ޚާއްސަކޮށް އުމްރާނީ ތަރައްޤީއަށް ސައުދީން ދެއްވަމުންދާ އެހީތެރިކަން ހިމެނެއެވެ. މި ހުރިހާ ކަމަކަށްޓަކައި ރައީސް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އިހުތިރާމާއި ދެމެހެއްޓެނިވި ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިމަގުގައިވެސް މި ގުޅުން އިތުރަށް ހަރުދަނާކޮށް، އާ ހަރުފަތަކަށް ގެންދިއުމަށް ދެ ޤައުމުން މަސައްކަތްކުރާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ވަލީއަހުދު އިސްތިޒާމުކުރެއްވި އީދު ޖާފަތުގައި ރައީސް މުއިއްޒު ވަނީ އެންމެ ޝަރަފުވެރި މަޤާމުގައި އިށީނދެވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *