Tuesday, 28 July 2026

އިންޑިއާއިން ނިރުބަވެރިކަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ފޮރިން މިނިސްޓަރުގެ ތައުރީފު

އިންޑިއާއިން ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ތައުރީފްކުރައްވައިފިއެވެ. މިނިސްޓަރު ހަލީލް މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ވިދާޅުވެފައިވަނީ މިނިސްޓަރު ހަލީލްއާ ބައްދަލުކުރެއްވުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި އިންޑިއާއިން ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ދެއްވާ ތާއީދަށް ޝުކުރު އަދާކުރައްވާފައިވެއެވެ. މީގެއިތުރުން، އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖެއާއެކު ކުރިއަށް ދިއުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ހަލީލް ވިދާޅުވެފައިވަނީ، ދެ ގައުމުގެ މެދުގައި އެކުގައި މަސައްކަތްކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތައްވެސް ކުރެވުނު ކަމަށް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ބޭއްވުނީ، ފާއިތުވި މަހު ކަޝްމީރުގެ ޕަހަލްގަމް ސަރަހައްދުގައި ހިނގި ނިރުބަވެރި ހަމަލާއަކާ ގުޅިގެން ދެ ގައުމުގެ މެދުގައި ކަންބޮޑުވުންތައް އުފެދިފައިވަނިކޮށެވެ. އެ ހަމަލާގައި އިންޑިއާގެ 25 ރައްޔިތުންނާއި ނޭޕާލްގެ އެއް ރައްޔިތަކު މަރުވެފައިވެއެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި މި ހަމަލާ ދިނީ ޕާކިސްތާނުގެ އެހީތެރިކަމާއެކު އެ ގައުމުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތަކުންނެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ މެދުގައި ކުޑަ ހަނގުރާމައެއް ހިނގުމަށްފަހު، މިހާރު ދެ ގައުމުގެ މެދުގައި ސުލްހަވެރި އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *