Tuesday, 28 July 2026

6 ގަޑިއިރެއްހާއިރު ފަހުން މާލެއަށް ކަރަންޓު ދީފި

މިއަދު މެންދުރުފަހު 12:40 ހާއިރު މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް، މާލެއަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ސްޓެލްކޯއިން މިކަން އިއުލާނުކުރި އިރު ބުނެފައިވަނީ މާލޭގެ ގިނަ ސަރަހައްދުތަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ދެވިފައިވާ ކަމަށެވެ. ނަމަވެސް ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަށް އަދިވެސް ކަރަންޓު ނުދެވޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ. އަދި ސްޓެލްކޯގެ އިންޖިނިއަރުން ވެސް މި މައްސަލަ ދެނެގަތުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

"މިހާތަނަށް ބެލިބެލުމުން ގްރިޑަށް ގެއްލުމެއް ލިބިފައިވާކަން ފާހަގައެއް ނުވޭ،" ސްޓެލްކޯއިން ބުނެފައިވެއެވެ.

ރުއްގަނޑު 1 ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އަދިވެސް ކަރަންޓު ނުލިބޭ ފަރާތްތަކުން އެކަން ސްޓެލްކޯގެ އެމަޖެންސީ ނަންބަރު 104 އަށް އެންގުމަށް އެ ކުންފުނިން އެދިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *