Tuesday, 28 July 2026

ރައީސް މުއިއްޒު އާއި ފަސްޓް ލޭޑީ ހައްޖު އަޅުކަމަށް ފުރާވަޑައިގެންފި

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޙައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުރާވަޑައިގެންފި އެވެ. މިއީ ސައުދީ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ތިއްބަވާނީ ވެސް ސައުދީ ސަރުކާރުގެ ހާއްސަ މެހްމާންދާރީގަ އެވެ.

ރައީސް މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާގެ އަރިހުގައި ވަޑައިގަންނަވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުގެ ދެކަނބަލުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެކަނބަލުންނެވެ.

މީގެއިތުރުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު، ޝައިހް މުހައްމަދު ލަތީފް އަދި ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ ވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

ރައީސްގެ ދެކަނބަލުންނާއި ވަފުދުގެ ބޭފުޅުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *