Tuesday, 28 July 2026

މިހާތަނަށް 9 މީހެއްގެ ފައިގައި ޓެގު އެޅުވުމަށް ފަހު ދޫކޮށްލައިފި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން މިހާތަނަށް 9 މީހަކު ފައިގައި ޓެގު އެޅުވުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ރޭ މަޢުލޫމާތު ދީފިއެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިލެކްޓްރޯނިކް މޮނިޓަރިން ނުވަތަ ޓެގު އެޅުވުމަށްފަހު ބަންދުން ދޫކޮށްލަން ޖުމުލަ 121 މީހަކު ވަނީ އެދިފައެވެ. މީގެ ތެރެއިން 20 މީހަކު އެސެސްމަންޓް ހެދުމަށްފަހު ބަންދަށް ލުއި ނުދޭން ވަނީ ނިންމާފައެވެ.

ޕީޖީ އޮފީހުން ބުނާގޮތުގައި ބާކީ ތިބި 92 މީހުން މުޖުތަމަޢުއަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން ހަދަންޖެހޭ އެސެސްމަންޓް މިހާރު ދަނީ ހަދަމުންނެވެ. އަދި ބަންދަށް ލުއި ދެވޭނީ މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް އެކަންޏެވެ.

ޕީޖީ އޮފީހުން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށް މި ނިޒާމުގެ ދަށުން ލުއި ނުދޭނެކަން ސާފުކޮށް ބަޔާންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *