Tuesday, 28 July 2026

ސިނަމާލެ ބްރިޖުގައި ހިނގި ދެ އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އިއްޔެ ރޭ ސިނަމާލެ ބްރިޖުގައި ހިނގި ދެ އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ. މި ހާދިސާ ހިނގީ ރޭ 9:48 ގައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާ ފެށުނީ ހަތަރު ސިގްނަލް ޖަހައިގެން މަޑުކޮށްފައި އޮތް ކާރަކާ ދިމާލަށް ދެ ސައިކަލެއް ޖެހުމުންނެވެ. އެއީ ކުރިއަށް ދުއްވަމުންދިޔަ ސައިކަލެއް ކުއްލިއަކަށް މަޑުކުރުމުން، އޭގެ ފަހަތުން އައި ސައިކަލު އެ ސައިކަލާ ޖެހި، ދެން އެ ދެ ސައިކަލު ކުރިއަށް އޮތް ކާރާ ޖެހުނު ހާދިސާއެކެވެ. މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވިއެވެ.

މި އެކްސިޑެންޓުގެ ސަބަބުން ބްރިޖުގެ ޓްރެފިކް މަޑުޖެހިފައި އޮއްވައި، އިތުރު އެކްސިޑެންޓެއް ވެސް ވަނީ ހިނގައިފައެެވެ. އެއީ މަޑުކޮށްފައި އޮތް ކާރެއްގެ ފަހަތަށް ސައިކަލެއް އެރުމުގެ ސަބަބުން ހިނގި ހާދިސާއެކެވެ. މި ހާދިސާގައި ސައިކަލު ދުއްވަމުންދިޔަ ފަރާތުގެ ފަލަމަސްގަނޑަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"މި ދެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް މިވަގުތު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން. އަދި މި ދެ މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ކުރިއަށް،" ފުލުހުން ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖަކީ ފަހަކަށް އައިސް ގިނަ އެކްސިޑެންޓްތަކެއް ހިނގަމުންދާ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެހެންކަމުން ބްރިޖު މަތީގައި ދުއްވާއިރު ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އާންމުންނަށް ގޮވާލައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *