Tuesday, 28 July 2026

އޮޅުހިޔާ ހިންގުމަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ބުޅާ ބަލަހައްޓާ މަރުކަޒު "އޮޅުހިޔާ" ހިންގުމަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މި މަޢުލޫމާތު ހާމަކުރެއްވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް މަޖިލީހުގައި ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިވަގުތު އެ މަރުކަޒުގައި ބަލަހައްޓަމުން ގެންދަނީ 30 ބުޅާއެވެ.

އޮޅުހިޔާގައި 2,000 ބުޅާ ބަލަހައްޓާނަމަ، މަހަކު 700,000 ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކޮންމެ ބުޅަލަކަށް މަހަކު 368 ރުފިޔާ އަދި އަހަރަކު 5,416 ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަރުކަޒު ފުރިހަމައަށް ތަރައްޤީކުރުމަށް 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގިނަ ބުޅާ އެއްފަހަރާ ރަނގަޅަށް ބެލެހެއްޓޭނެ ވަސީލަތްތައް ޤާއިމުނުވެ، ކެޕޭސިޓީއަށްވުރެ އިތުރަށް ބުޅާ ނުނެގޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޮޅުހިޔާ ސިޓީ ކައުންސިލުގެ ދަށުން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރެވުނީ، ކައުންސިލުން ކަނޑައެޅި މުއްދަތުގައި ޚިދުމަތް ނުފެށުމާއި، ތަކުރާރުކޮށް ދިން ނޯޓިސްތަކަށް އިޖާބަ ނުދިނުމުގެ ސަބަބުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *