Tuesday, 28 July 2026

ދުނިޔޭގެ ކުރިއެރުމުގެ ފަހަތުގައިވާ ހަގީގީ ބަޠަލުންނަކީ މަންމައިން: ރައީސް މުޢިއްޒު

ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މަންމައިންގެ ދުވަހަކީ އެންމެ އަގުހުރި ޤުރުބާނީއާއި މައިވަންތަކަމުގެ ލޯބި ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ.

މި އުފާވެރި ދުވަހުގެ ތަހުނިޔާ ހުރިހާ މަންމައިންނަށް އަރިސްކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހެޔޮ ދުޢާތައް ވެސް ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ ދެވަނަ އާދީއްތަ ދުވަހަކީ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަސް ކަމުގައި ފާހަގަކުރެއެވެ. މި ދުވަހަކީ މަންމައިންގެ ޙައްޤުތަކަށް އަލިއަޅުވާލައި، އެ ބޭފުޅުންގެ އަގު ވަޒަންކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *