ހުޅުމާލެ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް އެމްއެންޑީއެފްއާ ހަވާލުކޮށްގެން ކުރި މަސައްކަތް ފުރިހަމަކޮށް، މިއަދު އެ އިމާރާތް މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފުން ހާމަކުރެއްވިގޮތުގަިއ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ގައުމީ ލެވެލްގެ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ދިވެހި ސިފައިންނާ ހަވާލުކުރެވުނު މި މަސައްކަތް ވަނީ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލެވިފައެވެ.
މި މަސައްކަތް ފަށާފައިވަނީ މާރިޗު 28 ވަނަ ދުވަހުއެވެ. އެމްއެންޑީއެފްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތް މިހާ އަވަހަށް ނިންމާލެވިފައިވަނީ ސިފައިން ހުއްޓުމެއްނެތި ކުރި މަސައްކަތުގެ ސަބަބުންނެވެ.
މީގެއިތުރުން، ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ވަނީ، އޮރެންޖު ހިޔާގައި އަލަށް ޚިދުމަތް ފޯރުކޮށްދޭން ފަށާ ތެލެސީމިއާ އެންޑް އަދަރ ހިޔުމޯގްލޯބިނޯޕެތީސް ސެންޓަރ އަށް ލޭ ހަދިޔާކޮށްފައެވެ.


