Tuesday, 28 July 2026

ފުލުހުންގެ ތަމްރީނުގައި އުޅެނިކޮށް ހާލުދެރަވި ޒުވާނާ ނިޔާވެއްޖެ

ފުލުހުންގެ އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ބައިވެރިވެ ތަމްރީނު ފުރިހަމަކުރަމުން ދަނިކޮށް ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އައި ޕޮލިސް ކޮންސްޓަބަލް ހުސައިން ގާއިސް (34 އަހަރު، ދ. ވާނީގެ) މިއަދު ހަވީރު ނިޔާވެއްޖެއެވެ.

ފުލުހުންގެ 40 ވަނަ އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ބައިވެރިވެ ތަމްރީނު ފުރިހަމަކުރަމުން ދަނިކޮށް ހާލު ދެރަވެގެން ގާއިސް އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެހާތަނުން ފެށިގެން އޭނާއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންގޮސްފައެވެ. ނަމަވެސް އޭނާގެ ހާލު ދެރަވީ ކިހިނެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ގާއިސް ނިޔާއާ ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕްގައި ކުރި މެސެޖްގައި ވަނީ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ އަދާކޮށްފައެވެ.

"މި ހިތާމަވެރި ވަގުތުގައި މަރްހޫމްގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި މާތް ﷲގެ ހަޒްރަތުގައި ދުއާ ދަންނަވަމެވެ،" ފުލުހުންގެ މެސެޖުގައި ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *