Tuesday, 28 July 2026

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 14:30 އިން ފެށިގެން މިރޭ 20:30 އާ ހަމައަށެވެ.

މެޓްގެ އިންޒާރުގައި ފާހަގަކޮށްފައިވާ ގޮތުގައި މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި މައިގަދަވެ، ކަނޑުތައް ގަދަވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މެޓުން މަޢުލޫމާތު ދެއްވި ގޮތުގައި މޫސުން ގޯސްވާން ފަށަފައިމިވަނީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުމަށް ބަދަލުވަމު ދާތީއެވެ. މިހެންވުމުގެ ސަބަބުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާ ކަމަށާއި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށްފައިވާކަމަށް މެޓުން ބުނެއެވެ.

މެޓްގެ އަންދާޒާތަކުން ދައްކާގޮތުގައި ކުރިއަށް އޮތް ތިން ދުވަހު (މެއި 6-8) ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައެއް ސަރަހައްދުތަކުގައި އާންމު ވައިގަދަވެ، ކަނޑުތައްވެސް ގަދަވެދާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.

މި ނުތަނަވަސް މޫސުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *