Tuesday, 28 July 2026

ދިވެހިރާއްޖޭގައި މީޑިއާގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކޮށްދިނުމުގައި ދެމިތިބޭނަން: ރައީސް

ދިވެހިރާއްޖޭގައި މީޑިއާގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ރާއްޖޭގައި ޒިންމާދާރު މީޑިއާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އަހުލާގީ ހަމަތަކުގެ މަތިން ނޫސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިއާރަކީ "ރިޕޯޓިން އިން ދަ ބްރޭވް ނިއު ވަރލްޑް: ދަ އިމްޕެކްޓް އޮފް އާޓިފިޝަލް އިންޓެލިޖެންސް އޮން ޕްރެސް ފްރީޑަމް އެންޑް ދަ މީޑިއާ" އެވެ. މި ޝިއާރާ ގުޅިގެން ރައީސް މުއިއްޒު ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ، ޑިމޮކްރަސީ ދެމެހެއްޓުމުގައި މިނިވަން މީޑިއާގެ ދައުރު މުހިންމުކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ނޫސްވެރިންގެ ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރައްވައި، އެފަރާތްތަކަށް ތައުރީފް ކުރައްވާފައިވެއެވެ.

އަހަރުން އަހަރަށް ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން ރިޕޯޓާސް ވިތްއައުޓް ބޯޑާސްއިން ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ 2 ދަރަޖަ ކުރިއަށް ޖެހިލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *