Tuesday, 28 July 2026

ޔުމްނުގެ މައްސަލަ ބަލަން އުފެއްދި ކޮމިޝަނުން ޑރ. ހަބީބު އިސްތިއުފާ ދެއްވައިފި

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އާދިއްތަ ވިލޭގޭ ދަންވަރު, އުފެއްދެވި ޚާއްސަ ކޮމިޝަނުގެ މެންބަރު ކަމުން ޑރ. މުހައްމަދު ހަބީބު, އިސްތިއުފާ ދެއްވައިފިއެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާއާ އެކު އެންމެ ފަހުން އުޅުނު ރައުދުގެ މަންމައަކީ އައްޑޫ ހިތަދޫގެ މީހެއް ކަމަށް ވާއިރު އޭނާ އާއި ހަބީބުއާ އާއިލީ ގޮތުން ގުޅުން އޮންނަ ކަމަށް އެނގިފައި ވެ އެވެ. ހަބީބަކީ ވެސް ހިތަދު އަަށް އުފަން ބޭފުޅެކެވެ. ޔުމްނު ވެއްޓުނު މައްސަލާގައި ޕާސްޕޯޓާއި ފޯނު ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުއްޣަފޫރުގެ މަންމަ ހާލާ ހަމީދާއި ޑރ. ހަބީބަކީ ވެސް ކްލާސްމޭޓުންނެވެ.

ކަށީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ހަބީބަކީ މީގެ ކުރިން ވެސް އުފެއްދެވި ދެ ރިޔާސީ ކޮމިޝަނެއްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދެން އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނައިބު, ޑރ. މުޙައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދެވެ.

އޭގެ ތެރެއިން ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރައްވާފައި ވަނީ މުނައްވަރެވެ.

ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ، ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *