Tuesday, 28 July 2026
ފޮޓޯ: ޕީއެސްއެމް ނިއުސް

މެލޭޝިއާ ސަރުކާރުން ރައީސް މުޢިއްޒަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

ލޭޝިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް ޕެރޑާނާ ޕުޓްރާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މެލޭޝިއާ ސަރުކާރުން ރަސްމީ މަރުޙަބާއެއް ދަންނަވައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އަމިއްލަފުޅަށް ރައީސް މުޢިއްޒަށް މަރުޙަބާ ދަންނަވައި، ރައީސްގެ ޝަރަފުގައި ގާޑު އޮފް އޮނަރ އަރުވާފައެވެ. މީގެއިތުރުން ދެ ޤައުމުގެ ސަލާމް ކުޅުމަށްފަހު، ދެ ޤައުމުގެ ވަފުދުގެ މެންބަރުން ވަނީ އެކަކު އަނެކަކަށް ތަޢާރަފްކޮށްދީފައެވެ.

ރަސްމީ މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒާއި ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ޚާއްޞަ ފޮޓޯއެއް ނެގުމަށްފަހު، ރައީސް މުޢިއްޒު ވަނީ ޢިއްޒަތްތެރީންގެ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމެވެ. މިގޮތުން ދެ ޤައުމުގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އިތުރު އެއްބާރުލުން ހޯދޭނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *