Tuesday, 28 July 2026

އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު ހުދު ސަމާލު ނެރެފިއެވެ.

މެޓުން މިއަދު މެންދުރުފަހު 14:30 އިން މިރޭ 20:30 އާ ހަމައަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވާ ގޮތުގައި، އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިއަދު ހުދު ސަމާލު ނެރުނު އިރު، ރޭގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *