Tuesday, 28 July 2026

އިންޑިއާގެ ޖުޑީޝަލް އެކަޑަމީގެ ތަމްރީން ޕްރޮގްރާމަށް ދިވެހި ފަނޑިޔާރުން ފުރަނީ

އިންޑިއާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީ (އެންޖޭއޭ) އިން ކުރިއަށްގެންދާ 6 ވަނަ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭގެ ޖުޑީޝަލް އޮފިސަރުންގެ ބެޗެއް ފުރުމަށް ތައްޔާރުވެއްޖެއެވެ.

މި ދަތުރަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިއާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީއާ ދެމެދު ވެފައިވާ އެމްއޯޔޫ އައުކުރުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން ފުރާ ދެވަނަ ބެޗްގެ ދަތުރެވެ.

މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި ޖުޑީޝަލް އޮފިސަރުންގެ ޤާބިލުކަން އިތުރުކޮށް، ޕްރޮފެޝަނަލް ތަރައްޤީއަށް މަގުފަހިކުރުމަށް ހިންގޭ ޚާއްސަ ތަމްރީން ޕްރޮގްރާމެކެވެ.

ޖުޑީޝަލް އޮފިސަރުންނަށް މި ދަތުރުގައި ބާއްޖަވެރި ދަތުރަކަށް އެދިފައިވާއިރު، މި ޕްރޮގްރާމުން ފަނޑިޔާރުންނަށް ލިބޭނެ ތަޖުރިބާއަކީ ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީއަކީ އެ ޤައުމުގެ ޝަރުޢީ ދާއިރާގެ އިސް ތަމްރީން މަރުކަޒު ކަމަށްވެފައި، މި އެކަޑަމީން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ވަރަށް މަތިކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *