Tuesday, 28 July 2026

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އިންޑިއާގެ ހައި ކޮމިޝަނަރާ ބައްދަލުކުރައްވައިފި

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަސީޙް، އިންޑިއާގެ ހައި ކޮމިޝަނަރ އެޗް.އީ. ޖީ. ބަލަސުބްރަމަނިއަމްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ދެ ގައުމުގެ ދެމެދުގައި އިމިގްރޭޝަންގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި، ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، ބޯޑަރ އޮޕަރޭޝަންތައް ހަރުދަނާކުރުމަށްޓަކައި ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތުތައް ތަނަވަސްކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާއަކީ އިމިގްރޭޝަންގެ ދާއިރާއިން ވެސް ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. މި ބައްދަލުކުރެއްވުމަކީ މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުކުރެއްވުމެއް ކަމުގައި ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *