Tuesday, 28 July 2026

އަންނަ އަހަރުން ފެށިގެން އިންޖިނޭރުންނަށް ގައުމީ އެވޯޑު ދޭން ނިންމާފައިވާކަން ރައީސް އިއުލާންކުރައްވައިފި

އަންނަ އަހަރުން ފެށިގެން އިންޖިނޭރުންނަށް ގައުމީ އެވޯޑު ދޭން ސަރުކާރުން ނިންމައިފައިވާ ކަމަށް އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ހިތާބުގައި ވިދާޅުވެއްޖެއެވެ.

ރައީސް މި ހިތާބުގައި އިންޖިނޭރުންގެ އިލްމީ ދިރާސާތަކަށް ފުރުސަތު ފަހިކޮށްދީ، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ ތަމްރީނު ދިނުމަށް ސަރުކާރުން ދޭ ސަމާލުކަން އިތުރުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް ލިބިފައިވާ ހާއްސަ ސިފަތަކާއެކު، ރަށްވެހިކަމާއި ތަމައްދުންގެ ޒަމާނީ ކުރިބޯށިތަކާ ހަމަޔަށް ދެވޭނީ، ދިވެހި އިންޖިނޭރުންގެ ވިސްނުމާއި ރޭވުންތެރިކަމުން މަގުދައްކައި ދީގެން" ރައީސް ވިދާޅުވި އެވެ.

2040 ވަނަ އަހަރަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި، ޑިޖިޓަލް ރާއްޖެއްގެ އަމާޒަށް ވާސިލުވުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެކި ދާއިރާތަކުގެ އިންޖިނޭރުންގެ އިލްމާއި ތަޖްރިބާއަށް ގައުމު އޮތީ ބޭނުންވެފައި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓް 30 ވަނަ ދުވަސް ފާހަގަކުރުމަށް ރައީސް ހަމަޖެއްސެވީ މިދިޔަ ޖޫން 15 ގައެވެ. އެ ދުވަސް އިންޖިނޭރުންގެ ދުވަސް ކަމުގައި ކަނޑައެޅީ އެއީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖް ހުޅުވި ދުވަސް ކަމަށްވާތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *