Tuesday, 28 July 2026

މުލީގައި އަލަށް ތަރައްޤީކޮށްފައިވާ އެއާޕޯޓަށް ކާމިޔާބުކަމާއެކު ޓެސްޓު ފްލައިޓެއް ޖައްސައިފި

މުލަކު އަތޮޅު މުލީގައި އަލަށް ތަރައްޤީކޮށްފައިވާ އެއާޕޯޓަށް އިއްޔެ ކާމިޔާބުކަމާއެކު ޓެސްޓު ފްލައިޓެއް ޖައްސައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ މުލި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށާއި އެއާއެކު އިއްޔެ ޓެސްޓު ފްލައިޓު ޖައްސާފައިވާކަމަށެވެ.

ޓެސްޓު ފްލައިޓްގެ ގޮތުގައި ޖައްސާފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ޓެސްޓް ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައްް ހެދުމަށް ކުރާ ދަތުރެކެވެ. ރީޖަނަލް އެއަޕޯޓްސް ކުންފުނިން ބުނީ އެސެސްމަންޓްތައް ނިންމައި، ވީހާވެސް އަވަހަށް ކޮމާޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. މި މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *