ދާދިފަހުން މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެންމީހާގެ މައްސަލައިގައި ހިމެނޭ އެންމެންގެ ބަޔާން ނަގައިފިއެވެ.
ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހުކުރު ދުވަހު ވެއްޓިފައި ވަނީ ހައްވާ ޔުމްނު ރަޝީދު 21، އެވެ.
އެ ހާދިސާ ހިނގަން މެދުވެރި އިރު، އޭނައާ އެކު އުޅުނު މީހުންނަކީ:
* ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
* އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
* އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
* ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
* ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
* އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
* ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
* އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ
ފުލުހުން މިއަ ބޭއްވި ނޫސްވެރިންގެ ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު ވިދާޅުވީ އެ 8 މީހުންނަކީ ވެސް ޔުމްނުއާ އެކު އުޅުނު މީހުން ކަމަށެވެ.
ޝުޖާޢު ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގެ މައްސަލައާއި ގުޅޭ އެންމެން ހޯދައި ބަޔާން ނަގާފައިވާކަމަށެވެ. އަދި މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށް ކަމަށާއި، އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ


