Tuesday, 28 July 2026
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުން

ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓު ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި

ކަޝްމީރުގެ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

އިއްޔެ ކަޝްމީރުގެ ޕަހަލްގަމް ރިސޯޓުގައި ބަޑިން ދިން އެ ހަމަލާގައި 25 މީހުން ވަނީ މަރުވެފަ އެެވެ. އޭގެތެރޭގައި 22 ފަތުރުވެރިން ހިމެނެއެވެ. އެ ހަމަލާތަކުގައި 17 މީހަކު ޒަހަަމްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ހަމަލާ ކުށްވެރިކުރައްވާ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ޕަހަލްގަމްގައި ދިން ޓެރަރިޒަމްގެ ހަމަލާގައި ބަޔަކު މަރުވެ، ޒަހަމްވެފައިވާ ހަބަރުން ސިހުން ލިބިވަޑައިގެންފައިވާ ކަމަށެވެ.

އަދި އެކަމާ މެދު ހިތާމަކުރައްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ހުއްޓުވަން މަސައްކަތް ކުރުމުގައި ސާބިތުކަމާއެކު ރާއްޖެއިން ދެމި އޮންނާނެ ކަމަެވެ.

ޕަހަލްގަމްގައި ދިން ހަމަލާ އާ ގުޅިގެން ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކުރައްވައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެނބުރި އިންޑިއާއަށް ވަޑައިގެންފަ އެވެ. ވިދާޅުވެފައި ވަނީ އެ ހަމަލާ ދިނުމުގެ ޒިންމާވާ ފަރާތްތައް ހޯދާނެ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *