ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރެޓް އަތުލައިގެންފި އެވެ.
'އެކްސް’ގައި ކަސްޓަމުން މިއަދު ކުރި ޕޯސްޓުގައިވާ ގޮތުން، މި ތަކެތި ހިފަހައްޓާފައިވަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަތުލައިގަތް ސިނގިރެޓް ސްޓިކްގެ އަދަދު 130,155 އަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އެއީ ގާތްގަނޑަކަށް 6،508 ކުދި ސިނގިރޭޓު ފޮށްޓެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ކަސްޓަމަކުން ހާމައެއް ނުކުރެ އެވެ. އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ވެސް އަދި ނޭނގެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ވެލާނާ އެއާޕޯޓްގެ ފުރާ މީހުންގެ ޓާމިނަލުން ނެރެން އުޅުނު ކޮތަޅުތަކެއްގެ ތެރެއިން ސިނގިރޭޓު ކާޓަންތަކެއް ފެނުނު މައްސަލައެއް ފެންމަތިވެފައިވެއެވެ. މި މައްސަލައިގައި ފުލުހަކާއި ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެ މީހުން ވަނީ ފަހުން ދޫކޮށްލައިފައެވެ.


