Tuesday, 28 July 2026

އެންޑީއޭގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ނެޝަނަލް ޑްރަގް އެޖެންސީގެ ފަރުވާގެ ނިޒާމަކީ ފައިދާ ލިބޭނެ ނިޒާމަކަށް ހެދުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރާއި ދެމެދު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ކްލައިންޓުންނަށް މަސްތުން ސާފުވުމާއި، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ވަށައިޖެހޭ ފަރުވާގެ ނިޒާމަކަށް ހެދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އެންޑީއޭއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ދާދި ފަހުން ވަނީ ވޮލަންޓިއާ ޕިއާ ވޯކާސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އެ މަސައްކަތުގައި ބައިވެރިވެ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އެންޑީއޭއިން އެދިފައިވާވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެންޑީއޭއިން ވަނީ ޖުމުލަ 30 މީހުންނަށް އެ ފުރުސަތު ހުޅުވާލައިފައެވެ.

މި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ތަންތަނުގެ ތެރޭގައި:

  • އެންޑީއޭ
  • ހިންމަފުށީގައި ގާއިމުކޮށްފައިވާ ޑުރަގު ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު
  • ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހާފްވޭހައުސް
  • ދަގެނާ
  • ސ. ހުޅުދޫގައި ގާއިމްކޮށްފައި ހުރި ވިލުނު ސެންޓަރު
  • ގދ. ތިނަދޫއާއި، ސ. ހިތަދޫ އަދި ޏ. ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް ހަތެއް ނިންމާފައިވުމާއި މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށް ވުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *