Tuesday, 28 July 2026

އިންޑިއާ ސަފީރު މިނިސްޓަރ މޫސާ ޒަމީރާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއަށް އިންޑިއާ ސަރުކާރުން އައްޔަންކުރައްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަން، މިއަދު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ މެންދުރުފަހު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައި ކުރިއަށްގެންދެވުނު މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އެކިއެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އިސް ބޭފުޅުން ސަފީރުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. އަދި މިނިސްޓްރީގެ އިސް ވެރިން ވަޒީރުގެ އަރިހުގައި ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ އައު ސަފީރު ބާލަސުބްރަމާނިއަން، އެމަނިކުފާނުގެ ކްރެޑެންޝަލްސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާފައިވަނީ މިއަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ. އެއަށްފަހު ސަރުކާރުގެ އިސް ފަރާތްތަކާއެކު އެމަނިކުފާނު ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *