Tuesday, 28 July 2026

ކުޅުދުއްފުށި ސިޓީއަށް ޑްރަގު ގެންދިޔަ މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއްގައި މ. މުލި/ފެހިވިނަ، އަހުމަދު ހަސަން 25 އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށީ ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ ކޯޓުން އިއްވި ހުކުމުގައި، ޑައިމޯފިން ޓްރެފިކްކުރިކަމުގެ ކުށް އަހުމަދު ހަސަންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، 25 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.

ކޯޓުން ކަނޑައެޅި ޖޫރިމަނާގެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކައި ނިންމުމަށް ވަނީ އަމުރުކޮށްފައެވެ. މިއީ ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ދެވޭ އެންމެ ހަރުކަށި އަދަބުތަކުގެ ތެރެއިން އަދަބެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *