Tuesday, 28 July 2026

ލ. މާންދޫ ބެންޑް ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ލ. މާންދޫގެ ބެންޑް ސަރަހައްދުގައި ރޭ ދަންވަރު ހިނގި ސައިކަލް އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓުގައި މަރުވި ފަރާތަކީ ލ. މާބައިދޫގެ އިބްރާހިމް ނައުޒަމް (30 އަހަރު) އެވެ. އޭނާ މަރުވެފައިވަނީ އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު މާންދޫގެ ބެންޑް ސަރަހައްދުގައެވެ. އެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މި މައްސަލައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *