Tuesday, 28 July 2026

ހޯރަފުށިން ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ހއ. ހޯރަފުށިން ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މީހާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު، ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް އިން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަކީ ވ. ކެޔޮދޫ، ތިބުރޯޒުގޭގައި ދިރިއުޅޭ 34 އަހަރުގެ މުހައްމަދު އަބްދުލްކަރީމް ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި އަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އިތުރު ފަސް ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދަމުންނެވެ. އަދި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *