Tuesday, 28 July 2026

އިނގިރޭސިވިލާތުގައި ދިވެހި ދަރިވަރުން ކުރިން ބޭނުންކުރި ރޯޒްމަންޓު އެވެނިއު އަލުން ހަވާލުކޮށްފި

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ރޯޒްމޮންޓް އެވެނިއުގެ ނުވަ ނަންބަރު އިމާރާތް އަނބުރާ ދިވެހި ދަރިވަރުންނާ ހަވާލުކޮށްފިއެވެ. މި އިމާރާތް އިއްޔެ މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން ޔޫކޭ (އެމްއެސްއޭ ޔޫކޭ) އާ ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތަށް ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި އިމާރާތަކީ އެތައް އަހަރެއް ވަންދެން އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެކެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދުވަސްކޮޅު އެ އިމާރާތް ވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ހަވާލުކުރެވިފައެވެ.

އެ އިމާރާތް ހަވާލުކުރެއްވުމުގެ އިތުރުން، ރައީސް މުއިއްޒު ވަނީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ދަރިވަރުންގެ ހާލު އޮޅުންފިލުއްވައި، އެ ކުދިންގެ ކަންބޮޑުވުންތަކާއި ދިރާސީ މަސައްކަތްތަކުގެ މައުލޫމާތު ސާފުކުރެއްވިއެވެ.

ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *