Tuesday, 28 July 2026

ތިލަމާލެ ބްރިޖުގެ އެންމެ އުސް ކޮންކްރީޓް ތަނބު ހަރުކޮށްފި

މާލެ އާއި ތިލަފުށި ގުޅުވާލުމަށް އިމާރާތްކުރަމުންދާ ތިލަމާލެ ބްރިޖުގެ އެންމެ އުސް ކޮންކްރީޓް ތަނބު ބްރިޖުގެ މައި ސްޓްރަކްޗަރގައި މިއަދު ވަނީ ހަރުކޮށް ނިންމާލާފައެވެ. މިގޮތަށް ހަރުކުރެވުނު ތަނބަކީ ދުނިޔޭގެ އެންމެ ދިގު ޕްރީކާސްޓް ނެވިގޭޝަން ސްޕަން ސެގްމަންޓް ކަމަށް ވެއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް އިންނެވެ. މި މުހިންމު މަރުހަލާ ފުރިހަމަކުރުމާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ މި މަސައްކަތުގެ އެންމެ ފަހުގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް ހިއްސާކޮށްފައެވެ. މިއަދު ހަރުކުރެވުނު ތަނބުގެ ދިގުމިނަކީ 8.23 މީޓަރެވެ. އަދި ފުޅާމިނުގައި 25.37 މީޓަރު ހުރެއެވެ. މި ސެގްމަންޓުގެ ބަރުދަން 216.04 މެޓްރިކް ޓަނަށް އަރައެވެ.

މި މަސައްކަތް ފުރިހަމަކުރުމާ ގުޅިގެން ހައިކޮމިޝަނުން ފާހަގަކުރި ގޮތުގައި މިއީ ބްރިޖުގެ މަސައްކަތުގައި ހާސިލުކުރެވުނު އެންމެ މުހިންމު އެއް ކާމިޔާބީއެވެ. މި މަޝްރޫއުގެ ޖުމުލަ އަގަކީ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) އެވެ. މީގެ ތެރެއިން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާ ސަރުކާރުން ދެއްވާ ހިލޭ އެހީއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ ތަޖުރިބާކާރު މާހިރުން ބައިވެރިވެއެވެ. މި މަޝްރޫއު ފައިނޭންސް ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން މިދިޔަ އަހަރުގެ މެދުތެރޭގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ 40 އިންސައްތައިގެ މަސައްކަތް ވަނީ ނިމިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *