Tuesday, 28 July 2026

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތް އުފެދުނުތާ 92 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ވަނީ މާލެއާއި އަތޮޅުތެރޭގެ ފުލުހުންގެ މަރުކަޒުތަކުގައި ޚާއްސަ ރަސްމިއްޔާތުތަކެއް ބާއްވާފައެވެ.

ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ބޭއްވުނު މައި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާން ވަނީ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މި ރަސްމިއްޔާތުގައި ދިދަ ނެގުމާއެކު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު ވަނީ ފުލުހުންގެ އަޒުމް އިއްވަވާފައެވެ. އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނަޡީފް ވަނީ މި މުނާސަބަތާ ގުޅޭ ޚާއްސަ ދުޢާއެއް ކުރައްވާފައެވެ.

މި އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ އިތުރުން، ދެ ޑެޕިއުޓީ ކޮމިޝަނަރުންކަމުގައިވާ ފަރްހާދު ފިކުރީ އާއި އިސްމާޢީލް ނަވީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި، އެތައް ބައިވަރު ފުލުހުންނަކާއި އާންމު މުވައްޒަފުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މާލޭގައި ބޭއްވުނު މައި ރަސްމިއްޔާތުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ވެސް ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތުތަކެއް ބާއްވާފައެވެ. މި ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *