Tuesday, 28 July 2026

މިއަހަރުވެސް ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އަނބިކަބަލުން މަޑަމް ސާޖިދާ އިބްރާހީމް މި ފަހަރުގެ ފިޠުރު ޢީދުގައި އާންމު ރައްޔިތުންނާއެކު ޢީދު ސަލާން ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގަނޑުވަރު މުލިއާގޭގައި ޢީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް ޢީދު ސަލާންކުރުމުގެ ރަސްމިއްޔާތު ކުރިއަށްދާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ވަނީ އެންމެހާ ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނަށާއި، ޑިޕްލޮމެޓުންނަށާއި، ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ ފަރާތްތަކަށް ދަޢުވަތު އަރުވާފައެވެ. އަދި ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުންނަށްވެސް މި ފުރުޞަތު ހުޅުވާލާފައިވެއެވެ.

ޢީދު ސަލާންކުރުމަށް މުލިއާގެއަށް ވަދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތްމަގުގައި ހުންނަ ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މުލިއާގޭގެ މައި ދޮރާށިންނެވެ.

ރައީސް ދެކަނބަލުން ރައްޔިތުންނާއެކު ޢީދު ސަލާންކުރުމަކީ ދިވެހިރާއްޖޭގެ އާދަކާދައިގެ ތެރޭގައި ހިމެނޭ، އަދި ރައްޔިތުންނާ ގާތްގުޅުމެއް ބޭއްވުމަށް މަގުފަހިކޮށްދޭ މުހިންމު ރަސްމިއްޔާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *