Tuesday, 28 July 2026

ފަހު 10ގައި އޮފީހަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އެލަވަންސް ލިބޭ ގޮތަށް ހަމަޖައްސައިފި

ރަމަޟާން މަހުގެ ފަހު 10 ދުވަހު އޮފީހަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިތުރު އެލަވަންސްތަކެއް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެން ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާތީ، އެ ދުވަސްތަކުގައި އޮފީހަށް ނުކުމެ މަސައްކަތްކުރަން ޖެހޭ މުވައްޒަފުންނަށް އިތުރު އިނާޔަތް ދިނުމާ ގުޅޭ ގޮތުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ޕޭ ކޮމިޝަނުން މިއަދު ވަނީ އިސްލާހު ގެނެސް ގެޒެޓްކޮށްފައެވެ.

މި އިސްލާހުތަކުގެ ދަށުން، މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް، ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދޭންޖެހޭނެއެވެ. އަދި މި ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ބަލައި، މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައި އިތުރު އިނާޔަތެއްގެ ގޮތުގައި ދޭންޖެހޭނެއެވެ.

ފަހު 10 އަށް އިތުރު ގަޑީގެ ފައިސާ ދޭނީ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ބަލައިގެންނެވެ. މިހާރު ކަނޑައެޅިފައިވާ 10 ޕަސެންޓްގެ ތެރޭގައި މި ދުވަސްތައް ނުހިމަނައި، މުވައްޒަފުން މަސައްކަތްކުރާ ހުރިހާ ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 ދުވަހުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އޮފީހަށް ހާޒިރުނުވި ނަމަވެސް ހާޒިރީ އިނާޔަތް ލިބޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ފަހު 10ގެ ދުވަސްތައް ބަންދުކުރުމުގެ ގޮތުން މިއަދުން ފެށިގެން ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ބަންދުވާނެއެވެ. އަދި އީދު ބަންދަށް އިތުރު ދުވަހެއް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ފަހު 10ގެ ބަންދު ދުވަސްތަކާއި އީދު ޗުއްޓީއަށް ފަހު ދެން ސަރުކާރު ހުޅުވާނީ އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *