Tuesday, 28 July 2026

ބައިބަލައި ކުޅެވޭނެ މައިދާނެއް އުސްފަސްގަނޑު ސަރަޙައްދުގައި ޤާއިމްކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން މާލޭގެ ޒުވާނުންނަށް ބައިބަލައި ކުޅެވޭނެ މައިދާނެއް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އުސްފަސްގަނޑު ސަރަޙައްދުގައި ޤާއިމްކޮށްދީފިއެވެ.

މި މައިދާން ތައްޔާރުކުރުމުގެ މަސައްކަތް ފެށިފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ފަރާތުންނެވެ. އަދި ރޭގެ ވަގުތެއްގައި އެ މައިދާނުގައި ކުޅެވޭ ވަރަށް މަސައްކަތް ވަނީ ނިންމާލެވިފައެވެ.

މި މައިދާން ތައްޔާރުކުރުމަށް ނިންމާލެވުނީ މާފަންނު ސަހަރާގައި ބައިބަލައި ކުޅުމަށް ޒުވާނުންގެ ތެރެއިން ބަޔަކު ތައްޔާރުވުމާ ގުޅިގެން، ރައްޔިތުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *