Tuesday, 28 July 2026

އއ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

އއ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް އެޅުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި އާރުޑީސީއާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި މި މިސްކިތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްލާމްދީނުގެ ކަންކަން ރާއްޖޭގައި ކުރިއެރުވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދެވެ. މި މިސްކިތުގައި ޤުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމަކާއި، ފޮތް ކިޔަން ތިބެވޭނެ ގޮތަށް ކުޑަ ލައިބްރަރީއެއް ހިމެނޭ ގޮތަށް މި މިސްކިތް ބިނާކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓްރީގެ އަމާޒަކީ މި މިސްކިތުގައި ގާއިމުކުރެވޭ ޤުރުއާން ކްލާސްތައް ޤައުމީ މަރުކަޒުގެ ދަށުން ހިންގުމެވެ. އަދި މުސްތަޤުބަލުގައި ރާއްޖެއިން ބޭރުން މުދައްރިސުން ގެނެސްގެން ވެސް ކީރިތި ޤުރުއާން އުނގަންނައިދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ވުޒާރާއިން އަމާޒު ހިފާފައިވެއެވެ. މިގޮތުން މިހާރުވެސް ރާއްޖޭގެ 7 ރަށަކަށް ބޭރުގެ މުދައްރިސުން ގެނެސްފައިވާ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *