Tuesday, 28 July 2026
MAJLIS

މަޖިލީހުގެ ރައީސް ދެއްވި ޙާއްސަ ތަރާވީޙުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންތިޒާމުކުރެއްވި ޚާއްސަ ތަރާވީޙުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންފިއެވެ.

މި ތަރާވީޙަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭއްވި ތަރާވީޙެކެވެ. މި ތަރާވީޙުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ކެބިނެޓް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ތަރާވީޙު ބާއްވާފައި މިވަނީ އިއްޔެ މަޖިލީހުގެ ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީ ހިންގުމުން އެ މަނިކުފާނު ދުރުކޮށް އެ މަޤާމު ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހަށް ދެއްވާފައިވާކަމަށް އަޑުފެތުރިފައިވަނިކޮށެވެ.

މި ތަރާވީޙުގައި މަޖިލީހުގެ ރައީސް އާއި ފަލާހުވެސް އެކީގައި ފެނިވަޑައިގެން ގޮސްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *