Tuesday, 28 July 2026

ދައުލަތުގެ ޚަރަދުގައި ހައްޖަށް ދާނެ 50 މީހުން ގުރުއަތުން ހޮވައިފި

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ 302 މީހުންގެ ތެރެއިން، ދައުލަތުގެ ޚަރަދުގައި މިއަހަރު ހައްޖަށް ފޮނުވުމަށް 50 މީހުން މިއަދު ގުރުއަތުން ހޮވައިފިއެވެ. މި ގުރުއަތުލުން ބޭއްވީ އިސްލާމިކް މިނިސްޓްރީގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި، ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހައްޖަށް ނުދެވޭ ހާލަތެއް މެދުވެރިވެދާނެތީ، އިތުރު 10 މީހުން ވަނީ ރިޒާވްގެ ގޮތުގައި ހޮވާފައެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ހިލޭ ޙައްޖަށް މީހުން ފޮނުވުމާ ގުޅޭ އުސޫލާ އެއްގޮތަށެވެ.

ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެން މި ގުރުއަތުލުން ބޭއްވިއިރު، މި ދަފްތަރަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ފަހުން ރިވިއުކޮށްފައިވާ ދަފްތަރެވެ. މި ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 302 މީހުންގެ މެދުގައި މިއަދުގެ ގުރުއަތުލުން ބޭއްވުނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ 1,000 ފަޤީރުން ހައްޖަށް ފޮނުވުމުގެ ޕްރޮގްރާމްގެ ދަށުން ހޮވުނު މި 50 މީހުންނަށް މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *