މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ޝިޔާމް އިބްރާހިމް އިއްޔެ ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ކަމުގެ މައުލޫމާތު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.
ޝިޔާމް މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން އަދި ހާމަކޮށްފައެއް ނުވެއެވެ. އެމްޕީއެލްގެ އިސް މަގާމުތަކަށް މިއީ ފަހަކަށް އައިސް އައި ދެވަނަ ބޮޑު ބަދަލެވެ.
މީގެ ކުރިން، ފެބްރުއަރީ މަހު އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވެސް ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައެވެ. ވަޖީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން މުހައްމަދު އަބްދުއްރަހީމްގެ އާއިލާގެ މެންބަރެކެވެ.


